-
-
logo

ދުނިޔޭގެ ކަނޑުމަހުގެ ދުވަހާ ގުޅިގެން މިނިސްޓަރ ޝިޔާމް މަސްވެރިންނަށް ތަހުނިޔާ ފޮނުއްވައިފި

އާޝިޔާ ޞާލިޙް
ދުވަހެއް ކުރިން
ދުނިޔޭގެ ކަނޑުމަހުގެ ދުވަހާ ގުޅިގެން މިނިސްޓަރ ޝިޔާމް މަސްވެރިންނަށް ތަހުނިޔާ ފޮނުއްވައިފި

މިއަދު ފާހަގަކުރެވޭ ދުނިޔޭގެ ކަނޑުމަހުގެ ދުވަހާ ގުޅިގެން، ވަޒީރު އަޙްމަދު ޝިޔާމް، ދިވެހިރާއްޖޭގެ މަސްވެރިންނާއި މަސްވެރި އާއިލާތަކަށާއި، މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ހޫނު ތަހުނިޔާ އަރިސްކުރައްވައިފިއެވެ.

ވަޒީރު ޝިޔާމް ގެ މެސެޖުގައި ފާހަގަކުރެއްވި ގޮތުގައި، ފާއިތުވި އަހަރަކީ ދިވެހިރާއްޖޭގެ މަސްވެރިކަން އެންމެ ދަށް ދަރަޖައަކަށް ގޮސްފައިވާ އަހަރެކެވެ. މިކަމަށް މައިގަނޑު ސަބަބެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ މޫސުމީ ބަދަލުތަކުގެ ތެރެއިން ޚާއްޞަކޮށް އެލްނީނޯ އަދި އިންޑިއާ ކަނޑުގެ ޑައިޕޯލްގެ ސަބަބުން ކަނޑުގެ މަތީ ފަށަލައިގެ ފިނިހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ގޮސްފައިވާކަމެވެ.

"މިއީ އަޅުގަނޑުމެން މިކުރާ ގޮތަށް ދޮށްޓާއި އަތުނަނު ބޭނުންކޮށްގެން ކަނޑުގެ މަތީ ފަށަލައަށް މަސް ތިލަވުމުން މަސްވެރިކަން ކުރާ ޤައުމުތަކަށް ލިބޭ ފޫނުބެއްދޭވަރުގެ ގެއްލުމެއް،" ވަޒީރު ވިދާޅުވިއެވެ.

މިނިސްޓަރ ޝިޔާމް އިތުރަށް ވިދާޅުވި ގޮތުގައި، މަސްވެރިކަމުގެ ރިކަމުގެ ސިނާޢަތަށް ކުރެވޭ އިންވެސްޓްމަންޓްތަކުގެ އެންމެ ފުރިހަމަ ނަފާ ލިބޭނީ ދާއިމީ ގޮތެއްގައި އެ ފެސިލިޓީތަކަށް މަސް ލިބޭނެ ގޮތްތަކެއް ހޯދިގެންނެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ މާހައުލަށް އަންނަ ބަދަލުތަކަށް ހޭނުމަކީ މުހިންމު ކަމެއްކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރެވޭނެ އެހެން ގޮތްތައް ހޯދައި، މަސްވެރިކަމުގެ އެހެނިހެން ބާވަތްތައް ކުރުމަށް މަގުފަހިކޮށް، އިޤްތިޞާދު ސިންދަފާތުކުރުމަކީ މުހިންމު ކަމެއް،" ވަޒީރު ވިދާޅުވިއެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުމަހުގެ ދުވަހުގެ ޝިޢާރަކީ "Our Ocean, Our Tuna, Our Future" އެވެ. މި ޝިޢާރުގެ ދަށުން، ދިވެހި މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކުގެ މުހިންމުކަން ވަޒީރު ޝިޔާމް ފާހަގަކުރައްވައި، އެފަރާތްތަކުގެ މަސައްކަތަށް ޝުކުރު އަދާކުރެއްވިއެވެ.

ad