-
-
logo

ބެކްޓީރިއާއަކަށް ޕޮޒިޓިވްވި ފަސް ކުދިން ފަރުވާއަށް ބޭރަށް ފޮނުވަން ނިންމައިފި

މުސްލިމާ ޙަސަން
2 ދުވަސް ކުރިން
ބެކްޓީރިއާއަކަށް ޕޮޒިޓިވްވި ފަސް ކުދިން ފަރުވާއަށް ބޭރަށް ފޮނުވަން ނިންމައިފި

އައިޖީއެމްއެޗް

އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ތިބި ކުދިންތަކެއްގެ ކިބައިން މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ބެކްޓޭރިއާ އަކަށް ޕޮޒިޓިވްވި ކުދިން ބޭރަށް ފޮނުވުމަށް ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ބުނީ މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ)ގެ ބައެއް ކޭސްތައް އައިޖީއެމްއެޗުގެ އެންއައިސީޔޫގައި ސީރިއަސް ކޮށް ބަލިވެތިބި ކުދިންގެ ތެރެއިން ވަނީ ފެނިފަކަމަށެވެ.

ހާއްސަކޮށް މިފަދަ ބައްޔެއްގެ އިންފެކްޝަންތަކަކީ ވަރަށް ބޮޑު ނުރައްކަލެއް އޮތް ކަމެއް ކަމަށާއި، ބަލި ދެނެގަތުމާއެކު އިންފެކްޝަން ކޮންޓްރޯލް ކުރުމަށް ވަގުތުން ފިޔަވަޅުތަކެއް އަޅަމުން ގޮސްފައިވާ ކަމަށެވެ. އަދި އިތުރު ޕޮޒިޓިވް ކޭސް އެއް ފެނިފައި ނުވާތީ، މި ހާލަތު ވަނީ އިންފެކްޝަން ކޮންޓްރޯލް ކުރެވިފަ ކަމަށެވެ. ބަލި މީހުންނާއި މުވައްޒަފުންގެ ސިއްހަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ އަޅަމުން ކަމަށާއި، އިތުރު ތަފްސީލް ވީހާވެސް އަވަހަކަށް ހިއްސާ ކުރަމުންދާނެކަމަށެވެ.

މިކަމާއި ގުޅޭ ގޮތުން އައިޖީއެމްއެޗްއިން ނެރުނު ބަޔާނެއްގައި ބުނީ ބެކްޓީރިއާގެ ވޭދަނައެއް ފެނުނީ މިދިޔަ މާޗު 27ގައި 28 ހަފުތާއަށް ވުރެ ކުރިން އުފަންވެގެން އެންއައިސީޔޫގައި ފަރުވާ ދެމުން ދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގުނު ސާމްޕަލް ތަކުން ކަމަށެވެ. މި ބެކްޓޭރިއާ ފެނިފައިވަނީ ދުވަސް ނުފުރާ ވިހެއި ތިން ކުދިންނާއި ދުވަސްފުރާ ވިހާފައިވާ ކުއްޖެއްގެ ހަށިގަނޑުން ކަމަށެވެ.

މި ބެކްޓޭރިއާގެ ވޭދަނައެއް އެންމެފަހުން ހޮސްޕިޓަލަށް ރިޕޯޓް ކޮށްފައިވަނީ މިދިޔަ މަހު 15ގަ ކަމަށްވެސް އައިޖީއެމްއެޗް އިން ވަނީ ބުނެފައެވެ. އޭގެ ފަހުން ރިޕޯޓް ލިބިފައިނުވާ ކަމަށާއި، އިތުރު ފަރުވާ ބޭނުންވާ ކުދިން ރާއްޖޭން ބޭރަށް ފޮނުވުމުގެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުންދާ ކަމަށެވެ.

މާރޗް 27 އިން ފެށިގެން ޖުމްލަ 84 ނިއޯނޭޓަލް ކުދިންނަށް އެންއައިސީޔޫގައި ފަރުވާ ދެވި މިވަގުތު އެންއައިސީޔޫގައި 10 ކުދިންނަށް ފަރުވާ ދަނީ ދެމުންދާ ކަމަށާއި، މީގެ ތެރޭގައި ޖަރާސީމަށް ޕޮޒިޓިވްވެފަ ތިބި 5 ކުދިން ވެސް ހިމެނޭ ކަމަށެވެ. އަދި އެ ކުދިންގެ ފަރުވާގެ ކަންކަން ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އައިސޮލޭޓް ކޮށްގެން ކުރިއަށްދާ ކަމަށް ވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

ad