ބާ ކައުންސިލަށް ނައިބު ރައީސްއާ އެކު ދެ މެންބަރަކު އިންތިހާބުކޮށްފިއެވެ.
ބާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް ކުރިމަތިލި ދެ ކެންޑިޑޭޓުން އެ މަގާމްތަކަށް ހޮވިފައިވާ ކަމަށެވެ.
އެ މަގާމް ތަކަށް މެމްބަރުން ކުރިމަތިލާފައިވަނީ އެ ކައުންސިލުގެ ހިނގަމުންދާ އެގްޒެކެޓިވް ކޮމިޓީގެ ނައިބު ރައީސާއި ހަތަރު މެންބަރުންގެ ދައުރު އަންނަ މަހުގެ 14 ގައި ހަމަވާތީ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން ހޮވުމަށް މެއި މަހު 26 ވަނަ ދުވަހު ބޭއްވި އިންތިހާބުގައި އިންތިހާބު ވުމުންނެވެ.
މި މަގާމްތަކަށް އައްޔަން ކޮށްފައިވަނީ ނައިބު ރައީސްކަމަށް އިބްރާހީމް ޝަމީލްއެވެ. އަދި އެގްޒެކެޓިވް ކޮމިޓީގެ މެންބަރުކަމަށް، އަބްދުﷲ ނާހިދުއާއި، އަހްމަދު ޝާފިއު އެވެ.