އިހަވަންދިއްޕޮޅު އޮފް ޕޯޓް ލިމިޓްސް (އޯޕީއެލް) ގައި އުތުރު މެރިޓައިމް ސަރވިސް (ޔޫއެމްއެސް)ގެ ދަށުން ކޮންޓެއިނަރ އުޅަނދު އެމްއެސްސީ ވިންޑް 2 އަށް ވަނީ ޕައިލެޓޭޖްގެ ޚިދުމަތް ފޯރުކޮށްދީފައި ކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑް އިން ބުނެފިއެވެ.
މި ހިދުމަތް އެފަރާތަށް ފޯރުކޮށްދީފައިވަނީ އެސްޓީއޯ މެދުވެރި ކޮށް ކަމަށާއި 250 މެޓްރިކް ޓަނުގެ ތެޔޮ ލިބުނު ކަމަށް ވަނީ ބުނެފައެވެ. އެ ހިދުމަތް ފޯރުކޮށްދީފައިވަނީ ކެންޔާގެ މޮމްބާސާއިން އައިސް އިންޑިއާގެ ވިޒިންޖަމަށް ދަތުރުކުރާ އުޅަނދަކަށެވެ. މިފަދަ އުޅަނދުތައް ރާއްޖޭގެ އުތުރުގެ އެކި ސަރަހައްދުތަކުގައި ބައިނަލްއަގްވާމީ ޝިޕިން ރޫޓްތަކަށް ހިދުމަތް ދިނުމުގައި ގާބިލްކަން އިތުރުވަމުންދާ ކަމަށްވެސް އެމްޕއެލް އިން ވަނީ ފާހަގަކޮށްފައެވެ.
މިއުޅަނދަށް ޚިދުމަތް ދީފައިވަނީ ރޭގެ ވަގުތެއްގައި، ކަމަށް އެމްޕީއެލް ވަނީ ބުނެފައެވެ.