-
-
logo

މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، މި މަހު 21 އަދި 22 ގައި އޮންނާނެ: އެޑިއުކޭޝަން މިނިސްޓްރީ

މުސްލިމާ ޙަސަން
ދުވަހެއް ކުރިން
މަތީ އަރުތަވެރިންގެ އިނާމު ދިނުމުގެ ރަސްމިއްޔާތު، މި މަހު 21 އަދި 22 ގައި އޮންނާނެ: އެޑިއުކޭޝަން މިނިސްޓްރީ

މަތީ އަރުތަވެރިންގެ އިނާމު ދިނުމަށް ބާއްވާ ރަސްމިއްޔާތު، މި މަހު

2023 އަދި 2024 ވަނަ އަހަރު ގެ ޘާނަވީ އަދި މަތީ ޘާނަވީ އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދި ދަރިވަރުންނަށް "މަތީ އަރުތަވެރިންގެ އިނާމު" ދިނުމަށް ބާއްވާ ރަސްމިއްޔާތު، 21 އަދި 22 ޖޫން 2025 ވާ ހޮނިހިރު އަދި އާދީއްތަ ދުވަހު ބާއްވާގޮތަށް ހަމަޖެހިއްޖެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ 5 ދަންފަޅިއަކަށް ބަހާލައިގެން ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި ރަސްމިއްޔާތު އޮންނާނީ ސޯޝަލް ސެންޓަރުގަ ކަމަށެވެ. އަދި މި ރަސްމިއްޔާތުގައި އޯލެވެލް އަދި އޭލެވެލްއިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމާއި، އޭލެވެލް އިން 1 ވަނަ ހޯދާ ދަރިވަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ސޮކޮލަރޝިޕްގެ އިތުރުން އޭ ފާސް ނުވަތަ އެއަށްވުރެ މަތިން ހޯދާ ދަރިވަރުންނަށް ދެވޭ ހައި އެޗީވަރސް ސްކޮލަރޝިޕް ހަވާލުކުރުން އޮންނާނެ ކަމަށެވެ.

ޘާނަވީ އަދި މަތީ ޡާނަވީ ނިންމި އިމްތިޙާނުތަކުން އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން، 1800 އަށްވުރެ ގިނަ ދަރިވަރުން މި ރަސްމިއްޔާތުގައި މަތީ އަރުތަވެރިންގެ އިނާމު ޙާޞިލުކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ad