-
-
logo

ބޭހާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނާ އެކު މަޝްވަރާކޮށްފި

މުސްލިމާ ޙަސަން
ދުވަހެއް ކުރިން
ބޭހާ ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނާ އެކު މަޝްވަރާކޮށްފި

ބޭހާއި ގުޅޭ ކަންކަން ހަރުދަނާ ކުރުމަށް ޕާކިސްތާނުގެ ޑްރަގް ރެގިއުލޭޓަރީ އޮތޯރިޓީ އާއި އެކު ހެލްތު މިނިސްޓްރީން މަޝްވަރާކޮށްފިއެވެ.

މި މަޝްވަރާތައް ކޮށްފައިވަނީ ހެލްތު މިނިސްޓްރީގެ އިސްވެރިން ޕާކިސްތާނުގެ ވެރިރަށް އިސްލާމްއާބާދަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެގޮތުން މިބައްދަލުވުމުގައި ރެގިއުލޭޓަރީ ކޯޕަރޭޝަން ހަރުދަނާކުރުމާއި، ބޭހުގެ ކޮލިޓީ އެޝުއަރެންސް އިތުރުކުރުމާއި، ބޭސް އިމްޕޯޓް/އެކްސްޕޯޓް ކުރުމުގެ ނިޒާމުތައް ރަނގަޅުކުރުމާއި، ކެޕޭސިޓީ ބިލްޑިންގ ފުރުސަތުތައް ހޯދުމާ ގުޅޭގޮތުން ދެފަރާތުން ވަނީ މަޝްވަރާކޮށްފައެވެ.

މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން ޕާކިސްތާނުގެ ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލާއި ޔުނިވަރސިޓީގެ އިސްވެރިންނާ ބައްދަލު ވަނީ ކުރައްވާފައެވެ. އަދި ޕާކިސްތާން ފާމަސިއުޓިކަލް އެސޯސިއޭޝަނާ ވެސް ބައްދަލުކޮށްފަވެއެވެ. މި ބައްދަލުވުމަކީ މިނިސްޓްރީ އޮފް ހެލްތުގެ އިސްވެރިން އިސްލާމްއާބާދަށް ކުރި ރަސްމީ ދަތުރުގައި ހިމެނޭ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ރެގިއުލޭޓަރީ އެލައިންމަންޓާއި ކޮލިޓީ އެޝުއަރެންސް އަދި ބޭސް ފޯރުކޮށްދިނުމުގެ ނިޒާމުތައް ހަރުދަނާކުރުން ހިމެނޭ ގޮތަށް އެއްބާރުލުން ދިނުމުގެ ދާއިރާތައް ހޯދުމަށް ޕާކިސްތާން ފާމަސިއުޓިކަލް އެސޯސިއޭޝަންގެ އޮފިޝަލުންނާ ވަނީ މަޝްވަރާކޮށްފައެވެ.

އެ ބައްދަލުވުންތަކުގައި ސިއްޙީ ދާއިރާއިން މީހުން ތަމްރީން ކުރުމާއި ސްޕެޝަލައިޒްޑް ނާސިންގ ޓްރެއިނިންގ ފަދަ ވަކި ދާއިރާތަކަށް އަމާޒުކޮށް ތަމްރީންތައް ދިނުމާއި ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އެ ބައްދަލުވުމުގައި ބްރިގޭޑިއަރ ޑރ ހުމައިރާ ޒޭބް، ޑރ.ރައިސާ ގުލް ޕާކިސްތާނުގެ ނާރސިންގ އެންޑް މިޑްވައިފަރީ ކައުންސިލާއި ޔުނިވަރސިޓީގެ އިސް އޮފިޝަލުން ވަނީ ބައިވެރިވެފައެވެ. އަދި ހެލްތު މިނިސްޓްރީގެ ފަރާތުން މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު ޚަދީޖާ ޢަބްދުއްޞަމަދު ޢަބްދުﷲ އާއި މިނިސްޓަރ އޮފް ސްޓޭޓް ފޯ ހެލްތު އަމިނަތު ޝިރުނާ، ޕާރމަނެންޓް ސެކަރެޓަރީ އައިޝަތު ސާމިޔާ، ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ އިތުުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ އިސް އޮފިޝަލަކު ވަނީ ބައިވެރިވެފައެވެ.

ad