-
-
logo

ހުޅުމާލެ ހޮޓެލް އިމާރާތް 'މެންހަޓަން ގްރޭންޑް ހޮޓެލް' ގެ ނަމުގައި ހިންގަން ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެކު އެޗްޑީސީން އެމްއޯޔޫއެއްގައި ސޮއިކޮށްފި

އާޝިޔާ ޞާލިޙް
21 ގަޑިއިރު ކުރިން
ހުޅުމާލެ ހޮޓެލް އިމާރާތް 'މެންހަޓަން ގްރޭންޑް ހޮޓެލް' ގެ ނަމުގައި ހިންގަން ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާއެކު އެޗްޑީސީން އެމްއޯޔޫއެއްގައި ސޮއިކޮށްފި

ހުޅުމާލޭގައި އިމާރާތްކުރަން ފަށާފަފައި އެތައް އަހަރެއްވީއިރުވެސ ްނުނިމި މަސައްކަތް ހުއްޓިފައިވާ ހޮޓެލް އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި އެތަނުގެ ހިންގުން، ވޯރލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމަށް އެޗްޑީސީން މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭގޮތަށް ތަރައްގީކުރާ އެ ހޮޓެލްގެ މަސައްކަތް ނިންމާ، އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމުގައިވާ ވޯރލްޑް އޮފް ބިޒްނަސްއާ ހަވާލުކޮށް އެ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ، އެ މަސައްކަތާ ކުރިން ހަވާލުވެފައި އޮތް އެސްޓީއޯއާއެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށްފަހުއެވެ.

ހުޅުމާލޭގައި މި ތަރައްގީކުރެވޭ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ 3.5 ފްލޯރ ސްޕޭސްގައި ސަރުކާރުގެ މުހިއްމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖް، އީ- ސްޕޯރްޓްސް ޔޫތް ސެންޓަރު އަދި ހެރިޓޭޖް ކޮލެޖްގެ އިތުރުން މެޑިކަލް ކޮލެޖް ތަރައްގީ ކުރާނެއެވެ. މިއަދު ރައީސުލްޖުމްހޫރިއްޔާ ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ވިދާޅުވީ އެތަނުގެ މަސައްކަް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ސަރުކާރުގެ ބޭނުމަށް ޚާއްސަކުރެވޭ ބައިތަށް ނިންމާ ހަވާލުކުރަން ޖެހޭނެކަމަށެވެ.

އެޗްޑީސީން ބުނެފައިވަނީ ހޮޓެލްގެ ބާކީ އޭރިއާގައި ފައިވް-ސްޓާރ ފެންވަރުގެ 158 ކޮޓަރި ތަރައްގީކޮށް، މަސައްކަތް ފަށާތާ ނުވަ މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ، ރާއްޖެ ޒިޔާރާތްކުރާ ފަތުރުވެރިންނަށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެއް ކަމަށްވެސް އެ ކުންފުނިން ވިދާޅުވެފައިވެއެވެ.

'މެންހަޓަން ގްރޭންޑް ހޮޓެލް' ގެ ނަމުގައި ވޯރލްޑް އޮފް ބިޒްނަސްއިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ %50 ފޮރިން އިންވެސްޓްމަންޓާއެކުއެވެ. އެގޮތުން މި މަޝްރޫއަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)ގެ ކުންފުންޏެއް ކަމަށްވާ 'ޑީޕް ސީފުޑް ކޮމްޕެނީ' އިންނެވެ.

ad